މާލެ: 31°C
ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ

ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ

June 5, 2024
3 ފަހަރު ބަލާފައި
ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ
ދެ ލޯންޗު ޖެހި ރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 11:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ. ދާދި ފަހުން ވެސް ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އޭނާ ވަނީ ނިޔާވެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ