
ދެ ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި
ދެ ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި
ލިޔުން:
މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ދެ ބިދޭސީން ހައްޔަރުކޮށްފައިވަނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެ ދެބިދޭސީން ވެސް ވަނީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު ދާދި ފަހުން އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީން އުޅޭ ތަނަކަށް ބަޔަކު ވަދެ ބިދޭސީއެއްގެ އަތުން ފޭރުމުގެ އަމަލެއްވެސް ވަނީ ހިންގާފައެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އެ އިދާރާ އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އޮފިސަރުން އުޅޭނީ ޔުނިފޯމުގައި ކަމަށާއި، އަދި ފާސް އަޅައިން ކަމަށް ބުނެ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
