
ދެއަހަރުގެ ތެރޭގާ ތިރީސް ނުވަ ރަށެއްގެ އިންޖީނުގެ މުޅި ދުވާލު ނިއްވާލެވޭނެ : ރައީސް
ދެއަހަރުގެ ތެރޭގާ ތިރީސް ނުވަ ރަށެއްގެ އިންޖީނުގެ މުޅި ދުވާލު ނިއްވާލެވޭނެ : ރައީސް
ލިޔުން:
ކުރިއަށް އޮތް ދެއަހަރުގެ ތެރޭގާ ރާއްޖޭގެ ތިރީސް ނުވަ ރަށެއްގެ އިންޖީނުގެ މުޅި ދުވާލު ނިއްވާލާފައި ބެހެއްޓޭ ވަަރަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ތަރައްގީކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހަކަތައަށް ގެނެވޭ އެންމެ ބޮޑު ބަދަލަކީ އިއާދަ ކުރުވަނިވި ހަކަތަކަމަށާއި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހިންގާ މަޝްރޫއު ތަކުން ތެލުގެ ހަރަދު ކުޑަކުރެވި ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށެވެ. މިފަސް އަހަރުގެ ތެރޭގައި 42 މެގަވޮޓްގެ ކަރަންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެ ކަމަށާއި އޭރުން 300 މިލިއަން ރުފިޔާ ތެލުގެ ހަރަދުން ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
" މިދެންނެވި މަޝްރޫއު ފުރިހަމަ ވުމުން މުޅި ރާއްޖެއިން ތެލަށާ ކުރާ ހަރަދު ކުޑަކުރެވިގެން ދާނެ ތެލުގެ ހަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ " ރައީސް ވިދާޅުވިއެވެ.
ރާއްޖެ 2023ގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަ ކަމަށް އެނާޖީ މިނިސްޓަރު ޝައުނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެކި ހިސާބުތަކުގައި ޖުމްލަ 36 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމުކޮށް، 19 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށާއި އިތުރު 53 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމުކުރުމުގެ މަސައްކަތް ބީލަމުގެ އެކިމަރުހަލާގައި ކުރަމުން އަންނަ ކަމަށް ވެސް ދާދި ފަހުން ޝައުނާ ވިދާޅުވި އެވެ.
ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާޕީވީ ގާއިމު ކުރުމަށް އެއްބަސް ވުމެއްގައި ސަރުކާރުން ސޮއިކޮށްފައިވާ އިރު، ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި ކ.މާފުށީގައި 24 ގަޑި އިރަށް އިންޖީނު ނިއްވާލާ ޕައިލެޓް ޕްރޮޖެކްޓެއްވެސް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
