މާލެ: 31°C

ދައުރު ނިމުމުގެ ކުރިން ގޯތިދޭނަން، ބައެއް ފްލެޓްތަކަށް ވެސް މީހުން ވައްދާނަން: ރައީސް

January 5, 2023
2 ފަހަރު ބަލާފައި
ދައުރު ނިމުމުގެ ކުރިން ގޯތިދޭނަން، ބައެއް ފްލެޓްތަކަށް ވެސް މީހުން ވައްދާނަން: ރައީސް
ދައުރު ނިމުމުގެ ކުރިން ގޯތިދޭނަން، ބައެއް ފްލެޓްތަކަށް ވެސް މީހުން ވައްދާނަން: ރައީސް
ރިއާސީ ދައުރު ނިމުމުގެ ކުރިން މިސަރުކާރުން ހިންގަމުންދާ ބޯހިޔާވަހި ކަމުގެ މަޝްރޫގެ ދަށުން އަޅާ ފުލެޓުތަކުގެ ބަޔަކަށް މީހުން ވައްދާނެކަމަށާއި ވައުދު ވެވަޑައިގެންނެވި ގޮތަށް މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ވެސް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެސަރުކާރަކުން ފެށި އެއްވެސް ހައުސިން ނިޒާމެއް ނިންމާ ރައްޔިތުންނަކަށް އެ ފުލެޓުތަކެއް ހަވާލު ކުރެވިފައެއް ނެތްކަމަށެވެ. އެކަމަކު މިސަރުކާރުގެ މި ފަސް އަހަރު ނިމޭއިރުގައި ބޯހިޔާވަހި ކަމުގެ މަޝްރޫގެ ދަށުން އަޅާ 8782 ފުލެޓުގެ ތެރެއިން ބަޔަކަށް މީހުން ވައްދާނެކަމަށެވެ. "މިހައިތަނަށް އެއްވެސް ސަރުކާރެއްގައި، އެ ސަރުކާރަކުން ފެށި ހައުސިން ނިޒާމެއް ނިންމައި، ރައްޔިތުން އެ ފްލެޓްތަކަށް ވެއްދިފައެއް ނެތް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިސަރުކާރުގެ މި ފަސް އަހަރު ނިމޭ އިރުގައި އަޅުގަނޑުމެން ހަދަމުން އެދާ ފްލެޓްތައް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވޭ ވަރަށް، ދިރުއުޅެވޭ ވަރު އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ. މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި ގޯތިތަކުގެ އިން ވަކިކޮށް މިއަހަރުގެ ތެރޭގައި އެތަންތަން ހަވާލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފްލެޓާއި ގޯތި ހިމެނޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް ދޫކުރަން މަސައްކަތް ކުރަމުން އަންނަ އަދަދު 16،000 އަށް ވުރެ މައްޗެވެ. އެ މަޝްރޫއުތައް މިހާރުވެސް ކުރިއަށް އެބަދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން ފަސް އަހަރު ދުވަހުގެ ތެރޭގައި އެވަރުގެ މަސައްކަތެއް ކޮށްފައެއް ނެތެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ