މާލެ: 31°C

ދައުރު ނިމުމުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ: ރައީސް

ދައުރު ނިމުމުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ: ރައީސް
April 29, 2023
3 ފަހަރު ބަލާފައި
ދައުރު ނިމުމުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ: ރައީސް
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝަރޫއު ތަކުގެ ދަށުން ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ފޯމްތައް ޖޫންމަހާ ހަމައަށް އިވަލުއޭޓްކޮށް، މި ދައުރު ހަމަވުމުގެ ކުރިން ފްލެޓްތަކަށް މީހުންނަށް ވަދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިލު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުގައި ރައީސް ސޯލިހު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭ މީހުން ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ސަރުކާރުން އިއުލާންކުރާނެކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޖޫން މަހުގެ ނިޔަލަށް އެމަސައްކަތް ނިންމުމަށް. އަޅުގަނޑު ހިތުން މިހާރުވަނީ މަސައްކަތުގެ ބޮޑުބައެއް ނިމިފައި." ރައީސް ވިދާޅުވިއެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އޯގަސްޓްމަހު ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމޭނެކަމަށެވެ. "ސްޓްރަކްޗަރގެ މަސައްކަތް ނިމި އަދި އެހާހިސާބަށް 8 ޓަވަރަކަށް މީހުންނަށް ވަދެވެވޭވަރު ވާނެ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. ސަރިކާރުން މިހާރު ހުޅުވާލާފައިވާ " ގެދޮރުވެރިޔާ " ސިޔާސަތުގެ ދަށުން 4،000 ފްލެޓް އެލުމަށް ނިންމާފައިވެއެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެ މަޝްރޫއުގެ ދަށުން އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ. ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ. ދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ