
ދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ ބައިވެރިން ވަޒީފާތަކުން ވަކިނުކުރެވޭނެ: ނަޝީދު
ދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ ބައިވެރިން ވަޒީފާތަކުން ވަކިނުކުރެވޭނެ: ނަޝީދު
ލިޔުން:
މިދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ އެއްވެސް ޕާޓީއެއްގެ މެމްބަރަކު ވަޒީފާތަކުން ވަކި ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުޅީ މަޖިލީހުގެެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދުގެ މެސެޖުގައި ވަނީ މި ސަރުކާރަކީ ކޯލިޝަނަކުން އައި ސަރުކާރެއް ކަމަށާއި އެހެން ކަމުން މި ދައުރު ނިމުމުގެ ކުރިން ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެމްބަރަކު ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ. މިސަރުކާރުގައި ހިމެނޭ ޕާޓީއަކުން އެޕާޓީއެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ނިންމާ ނިންމުމަކުން ވަޒީފާތަކުގައި ތިބި އެޕާޓީއެއްގެ ބޭފުޅުން ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވަނީ ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ވަޒީފާތަކުން ވަކިކުރުމަށް ގޮވާލާފައެވެ. މިވާހަކަތަކަށް މަޖިލީހުގައި ރައްދުދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމެވެ. ޤާސިމް ވިދާޅުވީ ޖޭޕީން ސަރުކާރު ކޯލިޝަންގައި މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެންކަމަށެވެ. މިއެއްބަސްވުމުގެ ތެރެއިން މިހާތަނަށް އަމަކު ކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައިލުމަށްވެސް ޤާސިމް ވަނީ އެދިފައެވެ.
"ނިކަން ބައްލަވާ އަހުދުވެ ވައުދުވީ ވަރަށްތޯ ކަންތައް ކުރެވުނީ. ލަދުވެތިކަމެއް އިސްތިއުފާ ދޭން ގޮވުމަކީ. އަޅުގަނޑުމެން ނޮވެމްބަރު 18 އާއިހަމައަށް ދެމި އޮންނާނެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ ރައީސް ޞާލިހުވެސް ޖެހޭނީ އިސްތިއުފާ ދެއްވަން." ޤާސިމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިރީން ނާކާމިޔާބު ވެވަޑައިތަކުމަށްފަހު ރައީސް ނަޝީދު ގެންދަަވަނީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވާނެ ކަމަށް ބެލެވެނީ ޤާސިމް އިބްރާހިމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
