"މިދެންނެވި 4 ބިމުން ގޯތިލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގައި ގެދޮރު ބިނާކުރުމުގެ ފުރުސަތު އެބަ ލިބިގެންދޭ. ނަތީޖާއަކަށް ވާނީ އަޅުގަނޑު 100 ޕަސެންޓް ޔަޤީންކަން އަބަދުވެސް ދޭކަމެއް. ހަމަ ޔަޤީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް އަޅުގަނޑުމެންގެ މި ދައުރުގެ 5 އަހަރު ނިމުމުގެ ކުރީގައި މިދެންނެވި 4 ބިމުން އުފެދޭ ޖާގައާއި އެކީގައި ޖާގައިން އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެންދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތައް ތެދުވެރިކަމާއިއެކު ވައުދުތައް ފުއްދަވާނެކަމަށެވެ. އަދި މާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ދައުރު ނިމޭ އިރު، މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެ: ރައީސް
ދައުރު ނިމޭ އިރު، މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެ: ރައީސް
ލިޔުން:
އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެންމެ ރައްޔިތަކުވެސް ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، މިރޭ ޕީއެންސީ އޮފީހުގައި އޮތް ޖަލްސާއެއްގައެވެ.
މާލޭގައި އެންމެ ބޮޑުވެފައި އޮތ ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ގުޅިފަޅާއި، ހުޅުމާލެއާއި، ގިރާވަޅުފަޅާއި އަދި ރަސްމާލެ ހިއްކަމުންދާކަމަށާއި، މި 4 ބިން ހިއްކާ ނިންމުމަށްފަހު ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެކަމުގެ ސައްތައިންސައްތަ ޔަޤީންކަން ދެއްވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
