
ދައުލަތުގެ މަތީ އިއްޒަތް، މުސްތަފާ ލުތުފީ އަށް އަރުވައިފ
ދައުލަތުގެ މަތީ އިއްޒަތް، މުސްތަފާ ލުތުފީ އަށް އަރުވައިފ
ލިޔުން:
ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ މިއަދު އަރުވައިފި އެވެ.
މިނިވަން ދުވަހާ ގުޅިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ ރަސްމީ ޖަލްސާގައި މުސްތޮފާ އަށް އެރުވި މި ޝަރަފު ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ޣިޔާސުއްދީން ރަދުންނަށެވެ.
ދައުލަތުގެ އެކި މަގާމްތަކުގައި މުސްތޮފާ ހިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެ އެވެ. މިހާޜު އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގަ އެވެ.
ރައީސް ސޯހިލު މިއަދު ވިދާޅުވީ، މުސްތޮފާ އަކީ މިފަހުގެ ސިޔާސީ ގޮތުން އިސްލާހީ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށެވެ.
"މަގުމަތީ ހަރަކާތް ތަކުގާ ވެސް އެންމެ އިސް ސަފުގާ ފައިހަމަ ކުރެއްވި" ރައީސް ވިދާޅު ވިއެެވ.
މުސްތޮފާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ތަރައްގީކޮށް، ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި ކޮމިއުނިޓީ ސްކޫލްތަކާ އެކު އަތޮޅުތަކުގެ ތައުލީމީ ހަލަތު ރަނގަޅުކުރައްވާ އަދި ތައުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. މުސްތޮފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
