މާލެ: 31°C

ދައުލަތުގެ ލޯނުތައް ދައްކަން މިއަހަރު 500 ވަަރަކަށް މިލިޔަން ހަރަދުކޮށްފި

February 25, 2023
2 ފަހަރު ބަލާފައި
ދައުލަތުގެ ލޯނުތައް ދައްކަން މިއަހަރު 500 ވަަރަކަށް މިލިޔަން ހަރަދުކޮށްފި
ދައުލަތުގެ ލޯނުތައް ދައްކަން މިއަހަރު 500 ވަަރަކަށް މިލިޔަން ހަރަދުކޮށްފި
ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަހަރުގެ މިހައިތަނަށް ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް، ލޯނުތައް އަނބުރާ ދައްކަން ހަރަދުކޮށްފައި ވަނީ 494.4 ބިލިޔަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހަރަދުކުރި އަދަދަށް ވުރެ 159.7 މިލިޔަން އިތުރު އަދަދެކެވެ. މިއަހަރުގެ މިހައިތަށް ލޯނުތައް ދައްކަން އެހާ ގިނަ ފައިސާ ހަރަދުކޮށްފައި ވާއިރު ލޯނު ދައްކަން ހަރަދުކުރަން މިއަހަރަށް އެޕްރޫވްކޮށްފައި އޮތީ 2.1 ބިލިޔަން ރުފިޔާ އެވެ. ދައުލަތުން ނަގާފައިވާ ލޯނުތަކަށް ދައްކާނެ ފައިސާ ރައްކާކުރަން އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް މިއަހަރުގެ މިހައިތަނަށް ޖަމާކުރި ފައިސާގެ އަދަދު ވެސް މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެފަންޑަށް ޖަމާކުރީ 62.4 މިލިޔަން ރުފިޔާ ކަމަށް ވާއިރު ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން މިއަހަރު ވަނީ އެ ފަންޑަށް 116.7 މިލިޔަން ރުފިޔާ ޖަމާކޮށްފަ އެވެ. އެ ފަންޑަށް ޖަމާކުރަން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައި އޮތީ 871.4 މިލިޔަން ރުފިޔާ އެވެ. ދައުލަތުން ހަރަދުކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް މިއަހަރު 797.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 655.5 މިލިޔަން ރުފިޔާ އެވެ. ޕީއެސްއައިޕީއަށޢް މިއަހަރު ހަރަދުކުރަން ބަޖެޓްގައި ރުހުން ދީފައި އޮތީ 8.5 ބިލިޔަން ރުފިޔާ އެވެ. ބްލޮކް ގްރާންޓްގެ ގޮތުގައި ލޯކަލް ކައުންސިލްތަަކަށް ދޫކުރަން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 1.5 ބިލިޔަން ރުފިޔާގެ ތެރެއިން 306.3 ބިލިޔަން ރުފިޔާ މިހާރު ދޫކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައި ވަނީ 260.9 މިލިޔަން ރުފިޔާ ްއެވެ. ދައުލަތުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން، ލޯނު ދޫކުރި ފަރާތްތަކާ ވާހަކަ ދައްކަން ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސްކުރި ރިޕޯޓެއްގައި ހުށަހެޅި އެވެ. އެ ރިޕޯޓްގައިވާ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ތުހުމަތުކޮށް މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ސަރުކާރުން ބުނީ ލޯނުތައް ދެއްކުމުގައި ދައްޗެއް ނެތް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ