މާލެ: 31°C

ބަޖެޑް ޑެފިސިޓަށް އަންނަ އަހަރު 26.3 ލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓަރ ޒަމީރު

October 30, 2025
223 ފަހަރު ބަލާފައި
ބަޖެޑް ޑެފިސިޓަށް އަންނަ އަހަރު 26.3 ލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓަރ ޒަމީރު
ދަރަނިދެއްކުމަށާއި ބަޖެޑް ޑެފިސިޓަށް އަންނަ އަހަރު 26.3 ލިއަން ރުފިޔާ ބޭނުންވާކަމަށް  ފައިނޭސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދަރަނިދެއްކުމަށާއި ބަޖެޑް ޑެފިސިޓަށް އަންނަ އަހަރު 26.3 ލިއަން ރުފިޔާ ބޭނުންވާކަމަށް  ފައިނޭސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހު އެކީ އެއްފަހަރާ 600 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އެގޮތުން އަންނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިން ހޯދަންޖެހޭ އަދަދު ވަރަށް ބޮޑު ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓް ގައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައްޔާއި ބޮންޑް ނުވަތަ ސުކޫކް ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ހިމާނާފައި ވެއެވެ. ބަޖެޓް ފައިނޭންސިންގެ ތެރޭގައި ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވާކަމަށް ބުނެފައި ވެއެވެ.

ބަޖެޓް ފައިނޭންސް ހޯދާނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރ ޒަމީރު ވިދާޅުވީ ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން 450 މިލިއަން ޑޮލަރު ހޯއްދަވާނެ ކަމަށާއި، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ