
ދައުލަތައް ހިދުމަތް ކުރުމުގެ އިނާމަށް ހުޅުވާލައިފި
ދައުލަތައް ހިދުމަތް ކުރުމުގެ އިނާމަށް ހުޅުވާލައިފި
ލިޔުން:
ދިވެހި ދައުލަތައް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އިނާމަށް އެދި ފޯމު ހުށަހަޅަން ޖެހެނީ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރައީސް އޮފީހުން ބުނީ މިއީ މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލުކަމާއި އިހްލާސްތެރި ކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެއް ކަމަށެވެ.
މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުނަށް ކުރިމަތިލެވޭ އިނާމެއް ކަމަށާއި މި އިނާމު ކޮންމެ އަހަރަކު ވެސް ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"ދިވެހި ދައުލަތައް ހިދުމަތް ކުރުމުގެ އިނާމް" ގެ މައިގަނޑު މަގްސަދަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ދައުލަތައް ހިދުމަތްކޮށްފައިވާ މުއައްޒަފުންނާއި، މިހާރުވެސް ހިދުމަތުގައި ދެމިތިބި މުއައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމެވެ،" ރައީސް އޮފީހުގެ އިއުލާނުގައި ވެ އެވެ.
ރައީސް އޮފީހުން ވަނީ ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ވެސް ހުޅުވާލައިފަ އެވެ. އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
