ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ސަމަރުބުލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ސަމަރުބުލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ
ލިޔުން:
ދައުލަތަށް ވަރަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސަމަރުބްލޫ އިބްރާހީމް މަނިކު ދިވެހި ދައުލަތަށް އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވީ ބްރޯޑްކާސްޓިން ދާއިރާއިންނެވެ. އެގޮތުން 1974 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ދިވެހި ރާއްޖޭގެ އަޑުގައި އޭނާ ހިދުމަތްކުރެއްވި އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބްރޯޑްކާސްޓިން ދާއިރާގެ އެންމެ އިސް ބޭފުޅަކަށް އިބްރާހީމް މަނިކު އައްޔަން ކުރެއްވި ފަހުން 2004 ވަނަ އަހަރާ ހަމައަށް އޭނާ އެ މަގާމުގައި ދެމިހުންނެވި އެވެ. އެ ހިދުމަތުގެ އަގު ވަޒަންކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފަ އެވެ.
ބްރޯޑްކާސްޓިން ދާއިރާގައި ކުރައްވަމުން ގެންދެވި ހިދުމަތާއި އެކު އެކުގައި ދައުލަތުގެ ވަޒީރުކަން ވެސް އޭނާ އަދާކުރެއްވި އެވެ. އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މިނިސްޓަރް އޮފް އިންފޮމޭޝަން އެންޑް ކަލްޗާގެ މަގާމާއި މިނިސްޓަރް އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާގެ މަގާމާއި ޔޫތު މިނިސްޓަރުކަމާއި ކޮމިއުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމެންޓް ކައުންސިލްގެ ޗެއާމަން ކަން ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
