
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުން އަންނަ އަހަރަށް ފަސްކޮށްފި
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުން އަންނަ އަހަރަށް ފަސްކޮށްފި
ލިޔުން:
މިމަހު ބޭއްވުމަށް ހަމަޖެހިފައި އޮތް، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމުދިނުމުގެ ޖަލްސާ އަންނަ އަހަރުގެ ފެބަރުއަރީ މަހަށް ފަސްކޮށްފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދެއްވުމަށް ކަނޑައެޅި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރެއަށް ފަސްކުރެވިފައި ވާކަމަށެވެ.
މިދިޔަ އަހަރު ދޭންފެށި މި އިނާމަށް އެދި މިއަހަރު 110 ފަރާތަކުން ނަން ހުށައަޅާފައިވެއެވެ. މިއިނާމަށް ކުރިމަތިލެވެނީ ދައުލަތަށް 35 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށެވެ. މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މި ޖަލްސާ ފަސްކުރެވުނު ސަބަބެއް އެ އިއުލާނަގައި ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
