
ދަރުމަވަންތައިގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކުން އައިޖީއެމްއެޗްގައި ލެބްޓެސްޓްތައް ހުއްޓިއްޖެ
ދަރުމަވަންތައިގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކުން އައިޖީއެމްއެޗްގައި ލެބްޓެސްޓްތައް ހުއްޓިއްޖެ
ލިޔުން:
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބައެެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ދަރުމަވަންތަ އިމާރާތުގެ ފެނުގެ ނިޒާމަކަށް ޖެހުނު މައްސަލައެއްގެ ސަބަބުން އެ ހޮސްޕިޓަލްގައި ލެބޯޓްރީ ޓެސްޓްތައް ހެދުން ހުއްޓައިލަން ޖެހިއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލެބޯޓްރީގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓިފައިވާ ކަމަށާއި މައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް އެކަން އިއުލާނު ކުރާނެ ކަމަށެވެ.
"...ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން، ލެބޯޓަރީގެ ޙިދުމަތް ވަގުތީ ގޮތުން ވަނީ ހުއްޓާލެވިފައިއެވެ. މިކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާނު ކުރާނެވާހަކަ ދެންނެވީމެވެ. މިކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ،" އައިޖީއެމްއެޗުން ކުރި ޓްވީޓްގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ފަރުވާ ކުރުމަށް ޓަކައި އަވަަހަށް ހަދަން ޖެހޭ ޓެސްޓްތައް މިވަގުތު ހަދަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެޅި 25 ބުރީގެ އިމާރާތެކެވެ. އެހެން ނަމަވެސް އެތަން ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމުގެ ބަދަލުގައި ބޭނުންކުރަމުން އަންނަނީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
