މާލެ: 31°C

ދަރިމައިނުވާ މައްސަލަތަކަށް އާސަންދަ ދޭން ކޮމެޓީން ފާސްކޮށްފި

ދަރިމައިނުވާ މައްސަލަތަކަށް އާސަންދަ ދޭން ކޮމެޓީން ފާސްކޮށްފި
April 24, 2023
2 ފަހަރު ބަލާފައި
ދަރިމައިނުވާ މައްސަލަތަކަށް އާސަންދަ ދޭން ކޮމެޓީން ފާސްކޮށްފި
ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާގެ ބާވަތްތައް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް އިސްލާހުތައް ގެނެސް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރޭގައި ހިމަނަންޖެހޭގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ. ދަރިމައި ނުވުމުގެ މައްސަލަތަކަށް އާސަންދަ ދޭން ކޮމެޓީން ފާސްކުރީ، ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެންނެވެ. މީކާއިލް ހުށަހެޅުއްވި ގަރާރު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށާއި ރާއްޖޭގެ ދަރިމައިވުމުގެ ރޭޓް ދަށްވުމުގައި އިންފަޓިލިޓީ އާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާބެހޭ ވުޒާރާއިން އިސް ނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރުން ވެސް ހިމެނެއެވެ. މީކާއީލް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނު އަސާސީގެ ދަށުންނާއި އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ ދަށުން ވެސް ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަސާސީ ސިއްހީ ހިދުމަތް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އާސަންދަ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިކަމަށެވެ. އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވަނީ މުހިއްމު ބަދަލެއްކަން ފާހަގަ ކޮށް، އާސަންދަ ކުންފުނިން ބުނެފައިވަނީ، މީގެ ކުރިން ދަރިމައިނުވުމާ ގުޅޭ ފަރުވާ، އާސަންދަ ސްކީމުން ލިބިނުދެވޭ ހިދުމަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ދަރިމައި ނުވުމުގެ މައްސަލަ އަކީ ރާއްޖޭގައި އެތަށް ބަޔަކު ތަހައްމަލް ކުރަމުން އަންނަ ހިތްދަތި މައްސަލައެކެވެ. އެހެންކަމުން މިކަމަށް އާސަންދަ ލިބުން މީ އެތަށް ބައެއްގެ އުންމީދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ