
ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރުއޮތް: ޕްރިޔަންކާ
ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރުއޮތް: ޕްރިޔަންކާ
ލިޔުން:
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް އަށް ފުރަތަމަ ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ސަރޮގެސީ މެދުވެރިކޮށެވެ. ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އެވެ. ޕްރިޔަންކާ ވަނީ ދަރިފުޅު ވިހެއުމަށް ފަހު ބަލިހާލަތު ހުރިގޮތުން، މަރުވެދާނެ ހެން ހީވި ވަގުތުތަކެއްވެސް އައި ކަމަށް ބުނެފައެވެ.
އިންޓަވިއުއެއްގައި ބަތަލާ ބުނީ މާލްތީ މޭރީއަކީ ދުވަަސް ނުފުރާ ވިހެއި ކުއްޖެއް ކަމަށާއ،ި ވިހެއުމަށް ފަހު ނިއޯނޭޓަލް އިންޓެންސިވް ކެއާރ ޔުނިޓް (އެންއައިސީޔޫ) ގައި 100 ދުވަސް ހޭދަކުރަން ޖެހުނު ކަމަށެވެ. އަދި އެދަވަސްތައް އޭނާ ސިފަކޮށްދިނީ ދެމަފިރިންނަށް ވިދާމި އެންމެ އުދަނގޫ މަރުހަލާގެ ގޮތުގައެވެ.
ދާދި ފަހުން ޕްރިޔަންކާ ވަނީ އަންހެން ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރާ އެތައް ފަހަރަކު ކުރިމަތިލާން ޖެހުމުން، ދުވަހަކުވެސް ދަރިފުޅާ ދިމާލަށް ބާރަށް އެއްޗެއް ނުބުނެވޭނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން ދަރިފުޅު ގަދަވެ، ގެއަށް ގެނެއުމަށްފަހު، ދަރިފުޅު އޯކޭތޯ ބަލަން އިރުއިރުކޮޅާ ހޭލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު އެތައް ފަހަރަކުވެސް އޮތް. އަހަރެން ބޭނުންވަނީ އަބަދުވެސް ދަރިފުޅު އުފަލުން އުޅޭތަން ފެންނަން. މަލްތީ ހުންނަނީ އަބަދުވެސް ހިނިތުންވެފަ. އެއީ ހެޕީ ބޭބީއެއް. އަދި އަހަރެން ބޭނުމީ އެކަން އެގޮތުގައި އަބަދުވެސް ދެމިއޮންނަން. ދަރިފުޅު ހިނިތުންވެލާ ކޮންމެ ފަހަރަކު އަހަރެންގެ ދުނިޔެ އަލިކޮށްލަދޭ." ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އެންމެ އަވަހަށް ސްކީރުން ފެނިގެންދާނީ ރޫސޯ ބްރަދާސްގެ ސްޕައި ތްރިލާ ސީރީޒް "ސިޓަޑެލް" އިންނެވެ. އެއީ ޖުމްލަ 6 އެޕިސީޑާއިއެކު ޕްރައިމް ވީޑީއޯ އިން ފެނިގެންދާނެ ސިލްސިލާއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
