"އެއީ މިސާލަކަށް ސްރީލަންކާއަށް ބެލިކަމުގައި ވިޔަސް އެހެނިގެން ގައުމުތަކަށް ބެލިޔަސް، އިގުތިސާދު އެއްކޮށް ފުނޑި ޑިފޯލްޓްވާނެ ހާލަތަކަށް ދިޔައިމާ ރީސްޓްރަކްޗާ ކުރަނީ. އަޅުގަނޑުމެން އެހާލަތަކަށް ނުދާނެ. ރާއްޖޭގައި އަޅުގަނޑުމެން ނެގި ފިޔަަވަޅުތަކުން، އަަޅުގަނޑުމެންނަށް ޔަގީންކަން ހަމަ އެބަ އޮތް އަޅުގަނޑުމެންނަަށް ޑެޓް ސާވިސްކުރަމުން، ދަރަނި އަދާކުރަމުން ދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް،" އަމީރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި، ދަރަނި އަދާކުރަމުން ގެންދާނެ ގޮތުގެ ޕްލޭން އެބަ އޮތެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ޕްލޭނާ އެއްގޮތަށް ކަމަށް ެވެސް އޭނާ ވިދާޅުވި އެވެ. [embed]https://twitter.com/mvpeoplesmajlis/status/1640969280920637440?s=20[/embed] "އެހެންވީމާ އޭގެ [ދަރަނި އަދާކުރަން އުނދަގޫ ހާލަތެއް އައުމުގެ] އެއްވެސް ބިރުވެރިކަމެއް ނެތް،" އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވި ގޮތުގައި ދަަރަނީގެ ކަންތައްތައް ހަމަޖައްސާނީ ބައިނަލް އަގުވާމީ މާލީ ބާޒާރުން ގަބޫލުކުރާނެ ގޮތަކަށް ކަމަށް މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސަރުކާރުން ބުނެފައިވާނެ ކަމަށެެވެ. ލަޔަބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއްގެ ގޮތުގައި އެ މަސައްކަތް ކޮށްފައި ވާނެ ކަމަށާއި އެކަމުން ވަރަށް ބޮޑު ފައިދާއެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ހާލަތަކަށް ރާއްޖެ ނުދާނެ: އަމީރު

ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ހާލަތަކަށް ރާއްޖެ ނުދާނެ: އަމީރު
ލިޔުން:
ދަރަންޏަށް ނަގާފައިވާ ފައިސާ ދައްކާނެ ފަސޭހަ އުސޫލެއް، ދަރަންޏަށް ފައިސާ ދޫކުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ހަމަޖައްސަން ޖެހޭ (ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ) ހާލަތަކަށް ރާއްޖެ ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާ ވެސް ދީފި އެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދަރަނި އަނބުރާ ދައްކަން އުނދަގޫ ވެފައިވާ ކަމަށާއި ދަރަނި ރިސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެހެން ގައުމުތަކުން ވެސް ދަރަނި ރިސްޓްރަކްޗާ ކުރަނީ އެކަން އެގޮތަށް ކުރަން ޖެހޭ ހާލަތަށް ދިއުމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
