ދަރަނިދައްކަން 2023 ވަނަ އަހަރަށްވުރެ 40 މިލިއަން އިތުރަށް ހޭދަކުރަންޖެހޭއިރު 200 މިލިއަން ޑޮލަރު އިތުރައް އެބަލިބޭ މެނޭޖް ނުކުރެވިގެން މިއުޅެނީ ކީއްވެ؟: އަމީރު

ދަރަނިދައްކަން 2023 ވަނަ އަހަރަށްވުރެ 40 މިލިއަން އިތުރަށް ހޭދަކުރަންޖެހޭއިރު 200 މިލިއަން ޑޮލަރު އިތުރައް އެބަލިބޭ މެނޭޖް ނުކުރެވިގެން މިއުޅެނީ ކީއްވެ؟: އަމީރު
ލިޔުން:
2023 ވަނަ އަހަރު ސަރުކާރުން ދަރަނި ދައްކަން ހޭދަކުރީ 250 މިލިއަން ޑޮލަރުކަމަށާއި، މިއަހަރު ދަރަނި ދައްކަން ހޭދަކުރަންޖެހެނީ 290 މިލިއަން ޑޮލަރުކަމަށާއި ނަމަވެސް 2023 ވަނަ އަހަރަށްވުރެ މިއަހަރު 200 މިލިއަން ޑޮލަރު އިތުރަށް އެބަލިބޭކަމަށާއި އެހެންކަމުން ގައުމު މެނޭޖު ނުކުރެވިގެން މިއުޅެނީ ކީއްވެތޯ ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ސުވާލު ކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 2023 ވަނަ އަހަރަށްވުރެ ހުރިހާ ގޮތަކުން ދައުލަތުގެ އާމްދަނީ އިތުވެފައިވާއިރު އަދި 2023 ވަނައަހަރު ތެޔޮ ގަންނަން ހޭދަކުރި އަދަށްވުރެ 2 ގުނަ މިހާރު ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮވެފައިވާތީ އޭރު ޙަރަދު ކުރި އަދަދުގެ 2 ގުނަ މިހާރު ބާކީ ކުރެވޭ އިރު ޑޮލަރުގެ ދަތިކަން ކުރިމަތި މިވީ ކިހިނެއްކަން ވިސްނާލުމުން އިނގެނީ ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ ނާގާބިލުކަން ކަމަށެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު ދައުލަތުން ތަރައްގީގެ މަޝްރޫއުތަކަށް ކުރަމުންއައި ހޭދަ އެއްކޮށް ހުއްޓާލާފައި ވާއިރު ދައުލަތުގައި ފައިސާ ނުހުންނަނީ ކީއްވެގެންތޯ ސުވާލުކުރަންޖެހޭކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ފިނޭސް މިނިސްޓަރީން ވާނީ ފުރިހަމަ ޕްރެޒެންޓޭޝަނެއް އިންތިގާލީ ކޮމެޓީ އަށް ދީފައިކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވި މިހާރުގެ މިނިސްޓަރުން ކަމުގައިވާ މިނިސްޓަރ ސައިދާއި މިނިސްޓަރ ޒަމީރާއި މިހާރުގެ ގަވަރުނަރަށް އޭރުގެ ސަރުކާރުން ގައުމު މެނޭޖުކުރަމުން އައިގޮތާއި ކުރިއަށް މެނޭޖުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް ބުނެދީފައިވާނެ ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގައި އެ ބޭފުޅުން އެއްވެސް ހާސްކަމެއް ނެތްކަމަށާއި އެބޭފުޅުންނަން ފުރިހަމަ އަށް ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވިދާޅުވިކަމަށްވެސް އަމީރު މިއަދުގެ ޕްރެސް ގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
