"އެ ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. ސަރުކާރުން ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެކަން ކުރަން ޖެހެނީ މި އަށްހާސް [ޓޫރިސްޓް] އެނދުވެސް މިތާ [އުތުރުގެ އަތޮޅުތަކުގައި] ހެދުމަށް ޓަކައި. އެހެންވީމާ އެކަން ރައީސުލް ޖުމްހޫރިއްޔާ މިވަނީ ކުރައްވާފައި،" ފައްޔާޒް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ވެސް އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ. "ކުޑަރަށެއް ބޮޑުރަށެއް ނުބަލައި" ސަރުކާރުން އެ މަސައްކަތް ކުރަނީ ކުޑަރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަކީ ބޮޑުރަށުގެ ކާމިޔާބީއާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ. "އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަންތައް ދަރަނި ނަގައިގެން [މިސަރުކާރުން] ކުރަމުން މިދަނީ. އެއީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކޮށް އަޅުގަނޑުމެންގެ އެންމެހާ ރައްޔިތުންނަށް ގައިން ތާރިހުވެވޭނެ ގޮތެއް ހޯދައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރަނި ބޮޑުވުމާ ގުޅޭ ފާޑުކިއުންތަކަށް ފައްޔާޒުގެ ވަރުގަދަ ރައްދެއް!
ދަރަނި ބޮޑުވުމާ ގުޅޭ ފާޑުކިއުންތަކަށް ފައްޔާޒުގެ ވަރުގަދަ ރައްދެއް!
ލިޔުން:
ދައުލަތުގެ ދަރަނި ބޮޑުވާތީ ސަރުކާރަށް އަންނަ ފާޑުކިއުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އިންޑިއާއިން ނެގި 800 މިލިޔަން ޑޮލަރުގެ ދަރަންޏަކުން ކުރިއަށް ގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ފަށަން ހަނިމާދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރަނި ނަގައިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު މަސައްކަތްތައް ކަމަށެވެ. ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ފުޅާ ވެފައި ނެތީ އެ ސަރަހައްދަށް ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ނުފެށޭތީ ކަމަށާއި އެކަން ހަމަޖައްސަން ރިސްކު ނަގާނީ ކާކުތޯ ސުވާލު އުފެދުނު ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
