
ދަނޑުވެރިކަން ކުރަން އިސްދޫން އެގްރޯނެޓަށް އެއް ލައްކަަ އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފި
ދަނޑުވެރިކަން ކުރަން އިސްދޫން އެގްރޯނެޓަށް އެއް ލައްކަަ އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފި
ލިޔުން:
ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓް ކޯޕަރޭޝަނުން "ކޮމިއުނިޓީ ފާމިން" ގެ ނަމުގައި ދަނޑުވެރި ކަމުގެ ޕްރޮޖެކްޓެއް ހިންގަން އެއްލައްކަ އަކަފޫޓުގެ ބޮޑު ބިމެއް ލ. އިސްދޫއިން ކުއްޔަށް ހިފައިފި އެވެ.
ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ފާމިން ޕްރޮގްރާމަކީ އެގްރޯނެޓުގެ މުޅިން އާ ކޮންސެޕްޓެއް ކަމަށް އެކުންފުނިން ބުނެއެވެ.
ލ.އިސްދޫން ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އެގްރޯނެޓްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދުއެވެ. އަދި އިސްދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލެވެ.
[embed]https://twitter.com/agronationalmv/status/1623280788300255234[/embed]
އިސްދޫން ކުއްޔަށް ހިފި ބިން ސިނާއީ ފެންވަރަށް ދަނޑުވެރިކަން ކުރެވޭ ގޮތަށް ތަރައްގީ ކުރާނީ އެގްރޯ ނެޓުގެ ހަރަދުގައެވެ. އެގްރޯނެޓުން ކުރިން ބުނެފައިވާ ގޮތުގައި އިސްދޫން ކުއްޔަށް ހިފި ބިން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ސާފުކޮށް ދަނޑު ހައްދައް ފަށާނެއެވެ.
އެގްރޯނެޓްގެ ކޮމިއުނިޓީ ފާމިން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިތުރު ރަށްތަކަކީ ނ. މާފަރާއި، ނ. ލަންދޫ އާއި ކ. ކާށިދޫ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
