މާލެ: 31°C

ދަހިވެތިކަމުން ސްކޭމްތަކުގައިޖެހޭ މީހުންނަށްވެސް އަދަބު ދޭންޖެހޭ: މެންބަރ އިބްރާހިމް

ދަހިވެތިކަމުން ސްކޭމްތަކުގައިޖެހޭ މީހުންނަށްވެސް އަދަބު ދޭންޖެހޭ: މެންބަރ އިބްރާހިމް
August 20, 2024
2 ފަހަރު ބަލާފައި
ދަހިވެތިކަމުން ސްކޭމްތަކުގައިޖެހޭ މީހުންނަށްވެސް އަދަބު ދޭންޖެހޭ: މެންބަރ އިބްރާހިމް

ދަހިވެތިކަމުން ސްކޭމްގެ މަޅީގައި ޖެހޭ މީހުންނަށް ވެސް އަދަބެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް މުޙައްމަދު އެހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މޖިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާހާ ގުލޭ ގޮތުން މަޖިލިސް ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވީ ހުށަހަޅާފައި އޮތް އިސްލާހަކީ ވަރަށް ރަނގަޅު އިސްލާހެއްކަމަށާއި،  ނަމަވެސް އެއަށް އިތުރުކޮށްލަންޖެހޭ ކަމެއް އެބައޮތް ކަމަށެވެ. އެގޮތުން ވައްކަމެއް ނުވަތަ ސްކޭމެއް ހިންގައި ނިމިގެންދާއިރު، އެކަން ކުރާ ފަރާތުގެ އިތުރުން އެކަން ރައްދުވާ ފަރާތްވެސް ހިމެނޭ ކަމަށާއި، އެގޮތުން ސްކޭމްގައި ޖެހޭ މީހުންނަކީ ދަހިވެތިކަމުގެ ސަބަބުން ސްކޭމުގައި ޖެހޭ ފަރާތަކަށްވާތީ، ނާޖާއިޒު ގޮތުގައި ފައިސާ ހޯދަން ބޭނުންވެގެން ސްކޭމްތަކުގައި ޖެހެވޭ ފަރާތްތަކަކަށްވެސް އަދަބެއް އޮންނަންޖެހޭކަމަށް އެބޭފޫޅާއަށް ގަބޫލުކުރެވޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު ފާސްވެއްޖެ ނަމަ ސްކޭމަކާ ގުޅިގެން ބޭންކު އެކައުންޓްތައް ފުލުހުންނަށް ހިފެހެއްޓުމަށް ފުލުހުންނަށް އަމުރު ނެރެވޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ