މާލެ: 31°C

ދަފުތަރު ސާފުކުރި އިރު ރައީސް ސޯލިހުގެ ގާތް ބޭފުޅުން ވެސް ވަކިވި: އެމްޑީޕީ

January 2, 2023
2 ފަހަރު ބަލާފައި
ދަފުތަރު ސާފުކުރި އިރު ރައީސް ސޯލިހުގެ ގާތް ބޭފުޅުން ވެސް ވަކިވި: އެމްޑީޕީ
ދަފުތަރު ސާފުކުރި އިރު ރައީސް ސޯލިހުގެ ގާތް ބޭފުޅުން ވެސް ވަކިވި: އެމްޑީޕީ
އެމްޑީޕީގެ ދަފުތަރު ސާފުކުރި އިރު، ވަކި ބޭފުޅެެއްގެ އަރިސް ބޭފުޅުން ވަކިކުރާ އުސޫލެއް ގެންގުޅެފައި ނުވާނެ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުހގެ އާއިލާގެ ބައެއް ބޭފުޅުން ވެސް އޭރު ވަކިވި ކަމަށް އެމްޑީޕީގެ ޕްރައިމަރީ އިންތިޒާމްކުރާ ކޮމިޓީން މިއަދު ބުނެފި އެވެ. އެމްޑީީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ދަފުތަރުން އުނިކުރި 39،000 އަށް ވުރެ ގިނަ މީހުންގެ ބޮޑު ބަޔަކީ އެމަނިކުރާނަށް ތާއީދުކުރާ ފަރާތްތައް ކަމަށެވެ. އެ މެމްބަރުން އަނބުރާ އިއާދަކުރަން ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ނަޝީދުގެ ޓީމުން ވަނީ ޕްރައިމަރީ އާ ގުޅޭ ޝަކުވާއެއްގެ ގޮތުގައި ވެސް އެ މައްސަަލަ ހުށަހަޅައިފަ އެވެ. [embed]https://minivan.mv/76740/[/embed] ޕްރައިމަރީ އިންތިޒާމްކުރާ ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ ކޮމިޓީގެ މެމްބަރު އަދި އެެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފުތަރާއި ޕާޓީގެ އެތެރޭގެ ދަފުތަރު އެއްގޮތްކުރަން ގައުމީ މަޖިލީހުން ނިންމުމުން، ވަކިވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ބޭފުޅުން ވެސް ހިމެނުނު ކަމަށެވެ. " އެބޭފުޅުން ހަމަ އަލުން، ފަހުން ޕާޓީއަށް ފޯމުފުރައިގެން ވަދެގފައި އޮތީ،" އިބްރޭ ވިދާޅުވި އެވެ. އޭރު ވަކިވި ބޭފުޅުންނަކީ ނަޝީދަށް ވޯޓު ދެއްވާނެ ބޭފުޅުން ކަމަށް ބުނާތީ އިބުރޭ ވިދާޅުވީ ރައީސް ސޯލިހުގެ އަރިސް ބޭފުޅުންނަކީ ވެސް ނަޝީދަށް ވޯޓު ދެއްވާ ބޭފުޅުންނަށް ވެދާނެ ކަމަށެވެ، "އެކަމަކު އެކަން އޭރު ކޮށްފައި އޮތީކީ ވަކި ކެންޑިޑޭޓަކަށް ބަލައިގެނެއް ނޫން އިނގޭތޯ،" އިބުރޭ ވިދާޅުވި އެވެ. އެމްޑީޕީގެ ދަފުތަރު ސާފު ކުރި އިރު ވާހަކަ ދެކެވެމުން ދިޔައީ އިބުރޭ ވެސް ވިދާޅުވި ގޮތަށް، ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ އެއް ނޫނެވެ. އޭރު އެންމެ ބޮޑު ބަހުސެއް ހިނގަމުން ދިޔައީ ރާއްޖޭގައި ވެެރިކަން ކުރާ ނިޒާމު އަލުން ކަނޑައަޅަން، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބަހުސެވެ. ރައީސް ނަޝީދު އޭރު ވަކާލާތު ކުރައްވަމުން ގެންދެވީ ރާއްޖެ ބަރުލަމާނީ ނިޒާމަށް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ