ދަފުތަރު "ރަނގަޅު ނުކޮށް" ޕްރައިމަރީ ބޭއްވުމާ ނަޝީދު ދެކޮޅު

ދަފުތަރު "ރަނގަޅު ނުކޮށް" ޕްރައިމަރީ ބޭއްވުމާ ނަޝީދު ދެކޮޅު
ލިޔުން:
އެމްޑީޕީގެ ދަފުތަރު އަދިވެސް އޮތީ ގަޑުބަޑުވެފައި ކަަމަށް ތުހުމަތުކުރައްވައި އެކަން އިސްލާހުނުކޮށް ރިޔާސީ ޕްރައިމަރީ ބޭއްވުމާ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފުތަރުން ގާތްގަނޑަކަށް 40،000 މީހުން އެމީހުންނަށް އެނގުމަކާ ނުލައި "ކުއްލިއަކަށް ވަކިކޮށްފައިވާ" ކަމަށެވެ. އެއީ އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީއަށް ހިތުން ރުހުމުން ވަތް މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލުވައިލުމެވެ.
"...އެކަން އެހެން އޮއްވައި ޕްރައިމެރީއެއް ކުރިއަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ" ސިޓީގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. ޕްރައިމަރީގައި ވޯޓުލާ އިރު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ކުރިއްސުރެ ބަލަމުން އައި މީހުންނަށް ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ އިއުލާނުކުރި އިރު ނަޝީދު ރާއްޖޭގައި ވަޑައިގެން ނެތެވެ. އެމަނިކުފާނު ރާއްޖޭގައި ވަޑައިގެން ނެތް ވަގުތެއްގައި ޕްރައިމަރީ އަށް ހުޅުވައިލުމުން އެކަމާ ވެސް އަރިސް ބައެއް ބޭފުޅުން ނުރުހުން ފާޅުކުރެއްވި އެވެ.
[embed]https://twitter.com/MohamedNasheed/status/1604779035707351040?s=20&t=s_Qqlp0pTCvE__Bly8o_dA[/embed]
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
