މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާއިސްލާމިކް މިނިސްޓްރީން އިމާރާތްކުރާ ވަގްފް އިމާރާތް ދާރުލް އަރުޤަމް ގެ ކުރެހުން އިސްލާމިކް މިނިސްޓަރ ދައްކާލައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެމަނިކްުފާނުގެ ފޭސްބުކް ގައި ކޮށްފައިވާ ދާރުލް އަރްޤަމް އިމާރާތުގެ ކުރެހުމަކީ ޒަމާނީ އާކިޓެކްޗްރަލް ގެ ކުލަ ތަކާ އެކު ފަރުމާ ކޮށްފައިވާ ފަރުމާއެކެވެ.
އީޕޮކް އެސޯސިއޭޓްސް އިން ފަރުމާކޮށްފައިވާ އެ އިމާރާތް ފަރުމާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީީ މިދިޔަ އަހަރު ނޮވެމްބަރު 17 ގަ އެވެ. ދާރުލް އަޜްޤަމް އިމާރާތްކީ 12 ބުރިއަށެވެ. އަދި އެ އިމާރާތުގައި މަލްޓިޕާޕޯސް ބޭނުންތައް ކުރެވޭނެ ސްޕޭސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.







