ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ މުހިއްމު ބައެއް ބޭސް އާސަންދަ އާއި އެސްޓީއިން ނުލިބޭ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުށަހެޅުމުންދާކަމަށް ބުނެ އެކަން ހިނގާގޮތް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާސަންދައިގެ މެނޭޖިންގ ޑިރެކްޓަ އައިމިނަތު ޒީނިއާ އަށް ސިޓީއެއް ފޮނުވައިފިއެވެ.
ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ މުހިއްމު ބައެއް ބޭސް އާސަންދަ އާއި އެސްޓީއިން ނުލިބޭ މައްސަލާގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އަށް މެމްބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ފަހަކަށް އައިސް ޑޮކްޓަރުން ބޭސް ލިޔެދޭއިރު، ސިޓީގައި ހިމަނާ ބޭސް، އާސަންދައިގެ ދަށުން ނުލިބޭ ކަމަށާއި އަދި އެ ބޭސް އެސްޓީއޯ އިންވެސް ނުލިބޭ މައްސަލަ ފާހަގަވަމުންދާ ކަމަށެވެ. އެގޮތުން މެމްބަރު ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖޭން ނުލިބުން ކަމަށެވެ.
އެހެންކަމުން އުމުރުން ދުވަސްވީ މީހުންނާއި އަދި ދިގުމުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި، އަދި ޑޮކްޓަރު ލިޔެޔޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބުމުގެ މައްސަލަވެސް ހައްލުކޮށްދެއްވައި، އެފަދަ އަސާސީ ހިދުމަތަކަށް ބުރޫ އަރައިގެން އުޅެނީ ކީއްވެކަން ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް މެމްބަރު ކުޑޫގެ ސިޓގައި އެދިލައްވާފައި ވެއެވެ.







