މާލެ: 31°C
ދާހިލީ ވުޒާރާގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި

ދާހިލީ ވުޒާރާގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި

February 23, 2024
3 ފަހަރު ބަލާފައި
ދާހިލީ ވުޒާރާގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ވެބްސައިޓް ހެކްކޮށް އިންޒާރު ދީފިއެވެ. ދާހިލީ ވުޒާރާގެ ވެބްސައިޓް ހެކްކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ވެބްސައިޓް ހެކްކޮށް އެކަމުގެ ޒިންމާ ނަގާފައިވަނީ އިންޑިއަން ސައިބަރ ފޯސް ނަމަކަށް ކިޔާ ބައެކެވެ. އިންޒާރު ދީފައިވާ ފަރާތުން ބުނެފައިވަނީ މިއީ ރާއްޖެއިން އިންޑިއާ އާ ދެކޮޅަށް ހިންގަމުންގެންދާ ހަރަކާތްތަކުގެ ރަށްދެއްކަމަށެވެ. މިއީ އަދި ފެށުމެއްކަން ފާހަގަކުރަމުން އިންޑިއަން ސައިބަރ ފޯސްއިން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ހަމަލާތައް ދިނުން އޮތީ އަދި ކުރިއަށް ކަމަށެވެ. މިއީ އަދި ފެށުމެއް ކަމަށްވެސް އެމީހުން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން އެކްސްގައި ދާހިލީ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިނިސްޓްރީގެ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވެބްސައިޓް ޑައުންވެފައިވާކަމަށެވެ. މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށްވެސް ދާހިލީ ވުޒާރާއިން ބުނެއެވެ. https://twitter.com/HomeMinistrymv/status/1761068737275511181 އިންޑިއާ އާ ރާއްޖެއާ ދެގައުމު އުފެދިގެން އުޅޭ ސިޔާސީ ދެބަސްވުންތަކުގެ ތެރެއިން މީގެ ކުރިން ވަނީ، ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ރަސްމީ ވެބްސައިޓުވެސް ހެކްކޮށްފައެވެ. އެ ކޯޓުގެ ވެބްސައިޓް ހެކްކުރިކަމުގެ ޒިންމާ ނަގާފައިވަނީ ”ބާރަތިޔާ ހެކަރުން“ ނަމަކަށް ކިޔާ ބައެކެވެ. ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ގުޅުން ގޯސްވެފައިވަނީ އެގައުމުގެ ޕްރައިމިނިސްޓަރު މޯދީއަށް ކުޑައިމީސްކޮށް ދިވެހި ސަރުކާރުގެ ދެ ވަޒީރަކު އެކްސްގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ