
ދާހިލީވަޒީރު ހިމެނޭހެން ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތްކެނޑި މައްސަލަ ބަލަން ފަށައިފި
ދާހިލީވަޒީރު ހިމެނޭހެން ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތްކެނޑި މައްސަލަ ބަލަން ފަށައިފި
ލިޔުން:
ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އޮޕަރޭޝަނުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކަނޑިކަމަށް ބަލައި، އެކަމުގައި ބައިވެރިވި ފުލުހުންގެ އިސް ފަރާތްތަކާއި، ދާހިލީ ވަޒީރު އަލީ އިހްސާނުގެ މައްސަލަ ބެލުމަށް، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބައެއް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ދާހިލީ ވަޒީރު އިހްސާނާއި، ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި، ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށެވެ. އަދި އެ ބޭފުޅުންގެ އެ އަމަލުގެ ސަބަބުން އެ ކޯޓުގެ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަންވެސް ގެއްލިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ކުއްލި މަޖިލީހަށް އެ ހަތަރު ބޭފުޅުންގެ މައްސަލަ އަންނަ ބްރާސްފަތި ދުވަހުގެ 13:00 އަށް ތާވަލްކޮށްފައެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވަނީ މިމަހުގެ 4 ވަނަ ދުވަހު އެ އޮޕަރޭޝަން ކުރިއަށްގެންދިޔަގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ކިޔައިދީފައެވެ. ފުލުހުންގެ ނޫސް ކޮންފަރެންސްގެ ސަބަބުން ކޯޓުން މިނިވަންވި މީހުންގެ މައްޗަށް ކުށް ސާބިތުވާވަރުގެ ހެކިތައް ފުލުހުން ހުށަހަޅާފައިވާކަން އާންމުންނަށް މޭރުންވާފަދަ ގޮތަކަށް ވަނީ ހުށަހަޅައިދީފައެވެ. އެގޮތުން ފުލުހުންގެ ވާހަކައިން ދޭހަވާގޮތގައި ކޯޓުގައި އެ އެންމެންގެ މައްޗަށް ކުށް ސާބިތުވާވަރަށް ފުލުހުން ވަނީ ހެކި ހޯދާފައެވެ.
އެ މައްސަލައިގައި ތިން މީޙެއްގެ މައްޗަށް ފުލުހުން ދައުވާ ކުރިނަމަވެސް، ކޯޓުން މައްސަލަ ބަލައި ނިމުނުއިރު ކުށް ސާބިތުވެފައިވަނީ ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
