
ޑިވެލޮޕްމަންޓް ބޭންކު ގާއިމްކުރުމުގެ ލައިސެންސް ދޫކޮށްފި
ޑިވެލޮޕްމަންޓް ބޭންކު ގާއިމްކުރުމުގެ ލައިސެންސް ދޫކޮށްފި
ލިޔުން:
ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދޫކޮށްފި އެވެ.
މި ކަމަށްޓަކައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ފަރާތުން ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ލައިސެންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެއެވެ. އަދި ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލައިސެންސްއާއި ހަވާލުވެވަޑައިގެންނެވީ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި ލައިސަންސާ ގުޅިގެން މިނިސްޓަރު ސައީދ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް އުފައްދާ އެބޭންކުގެ ލައިސެންސްއާއި ހަވާލުވުމުގެ ޝަރަފު ލިބިލެއްވީތީ އުފާކުރައްވާ ކަމަށެވެ. އަދި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެ މެނިފެސްޓޯއާއި، އިގްތިސާދީ ތަރައްގީގެ ތަސައްވުރުގައި މުހިންމު ކާމިޔާބީއެއް ކަމުގައި ވެސް މިނިސްޓާ ސައީދް ވިދާޅުވިއެވެ.
މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްގީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކު އުފައްދަން ހުއްދަ އަށް އެދި އިކޮނޮމިކް މިނިސްޓްރީން އެމްއެމްއޭ އަށް ހުށަހެޅީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ.
މި ބޭންކުގެ އިސް މަގާމުތަކަށް ސަރުކާރުން ވަނީ، މިދިޔަ މަހުގެ ތެރޭގައި ބޭރުގެ ތަޖުރިބާކާރުންތަކެއް އައްޔަންކޮށްފައެވެ. އެގޮތުން އެ ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އަދި ޗެއާޕާސަނަކަށް އައްޔަންކޮށްފައިވަނީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
