މާލެ: 31°C

ޑެޕިއުޓީ މޭޔަރު ކަމަށް އަރީޝް

March 16, 2025
216 ފަހަރު ބަލާފައި
ޑެޕިއުޓީ މޭޔަރު ކަމަށް އަރީޝް
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބު ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބު ކޮށްފި އެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް އިންތިހާބު ކުރީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގި ސިިއްރު ވޯޓަކުންނެވެ.

އޭނާ އެ މަގާމަށް އިންތިހާބުވީ 16 ވޯޓުންނެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ނަމަވެސް އަރީޝް ވަނީ ފަހުން ސަރުކާރުން ހިންގާ ޕީއެންސީ އަށް ސޮއިކޮށްފަ އެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއްނުވެ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެންބަރަކު އިންތިހާބު ކޮށްފައި މިވަނީ ކުރިން އެ މަގާމުން ހުންނެވި އަހުމަދު ނަރީޝް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮންނަނީ ޕީއެންސީގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ