މާލެ: 31°C

މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

March 17, 2025
209 ފަހަރު ބަލާފައި
މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ގަވަރުނަރު އަަހުމަދު އިމާދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ގަވަރުނަރު އަަހުމަދު އިމާދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

އިމާދުގެ އިސްތިއުފާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެމްއެމްއޭ އިން މިފަހުން ނިންމި ނިންމި ނިންމީ އެ މުއައްސާސާގެ އަސާސީ މަގްސަދުތަކާ ހިލާފާށް ނިންމުން ތަކެއް ކަމަށެވެ.

އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން މިއަދު އިސްތިއުފާދެއްވާފއިވާއިރު އޭނާ އެ މަގާމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަނީ މި މަހުގެ 11 ވަނަ ދުވަހު މައްސަލައެއް ހުށަހަޅާފައެވެ. ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް އެވެ.

2020 ވަނަ އަހަރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އިމާދު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް އިކޮނޮމިކްސް އެންޑް ސައިންސްގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ