މާލެ: 31°C

ޑިމޮކްރެޓުންގެ ހަރުގެ ރަސްމީކޮށް މިރޭ ހުޅުވަނީ

ޑިމޮކްރެޓުންގެ ހަރުގެ ރަސްމީކޮށް މިރޭ ހުޅުވަނީ
July 9, 2023
3 ފަހަރު ބަލާފައި
ޑިމޮކްރެޓުންގެ ހަރުގެ ރަސްމީކޮށް މިރޭ ހުޅުވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހަރުގެ، ރަސްމީކޮށް ހުޅުވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. "ހައުސް އޮފް ޑިމޮކްރެޓްސް" ގެ ނަމުގައި ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވުން އޮންނާނީ މިރޭ 8:30 ގައެވެ. އެ ޕާޓިން ބުނީ މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ ޑިމޮކްރެޓުންގެ މައި ހަރުގެ އަކީ ކުރީގެ އެމްޑީޕީގެ މައި ޖަގަހައެވެ. "ދަ ޑިމޮކްރެޓްސް" ގެ ބާރުގެ ދަށަށް އެމްޑީޕީ މައި ހަރުގެ ގެނައީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން މި ޕާޓީން ވަނީ ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް، ޖޫން މަހުގެ އެއްވަނަ ދުވަހު 3560 ފޯމު އީސީއަށް ހުށަހަޅާފައެވެ. އެ ޕާޓީ ހެދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވަނީ އެމްޑީޕީ އިން އެ ޖަގަހަ ބޭނުން ކުރި އިރު ދަމާފައި ހުރި ރައީސް ސޯލިޙްގެ ޕޯސްޓަރު ތަކާއި ބެނާތައް ނެގައި، އެމްޑިޕީގެ ކުލަ ކަމަށްވާ ރީނދޫ ކުލަ ފިލުވުމަށްފަހު ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމުގައިވާ މަޑު ނޫކުލަ ލާފައެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަންޖެހޭ ޖަލްސާ ވެސް އެ ޕާޓީން ބާއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ