މަޖިލީހުގައި މެންބަރުންގެ އަދަދަށް ގެންނާނެ ބަދަލަކާގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އާޝިޔަތު އަލައިކާ ވިދާޅުވީ އެޕާޓީންވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ތާއީދުކުރާ ކަމަށާއި، އެކަމަކީ އެޕާޓީގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އެ ޕާޓީން ހުށަހަޅަނީ ޕާޓީތަކުން ބޭނުންވާ ބަޔަކު އައްޔަން ކުރުމަށް ވަކި ހާއްސަ ގޮނޑިތަކެއް ހާއްސަކޮށް މެންބަރަކު ނެތްނަމަވެސް ޕާޓީތަކަށް ވޯޓުލެވޭ ގޮތަށް ވޯޓް ކަރުދާހަށް ޕާޓީ އިތުރުކުރުމަށެވެ.
އެގޮތަށް ހެދުމަކީ ޕާޓީ ބަދަލުކުރުންވެސް މަދުކުރެވޭނެ ކަމެއްކަމަށް އެ ޕާޓީން ދެކޭކަމަށާއި، އޭރުން އެ ސްލޮޓް ތަކަށް ލާނީ ޕާޓީ ތަމްސީލު ކުރާނެ މެންބަރުންކަމށެވެ. މި ސިފައަކީ ބަރުލަމާނީ ސިފައެކެވެ. އެގޮތުން ބައެއް ގައުމުތަކުގައި މެޖޯރިޓީ ނަގާ ޕާޓީއަށް ވަކި އަދަދަކަށް މެންބަރުން އައްޔަނުކުރަން ފުރުސަތުލިބޭ ގޮތަށް އޮވެއެވެ.
ޑިމޮކްރެޓުން ހުށަހަޅަނީ ކުރިމަތި ނުލާވެސް މަޖިލިސް ގޮނޑި ލިބޭގޮތަށް ބަދަލުކުރުމަށް
ޑިމޮކްރެޓުން ހުށަހަޅަނީ ކުރިމަތި ނުލާވެސް މަޖިލިސް ގޮނޑި ލިބޭގޮތަށް ބަދަލުކުރުމަށް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ގެންނަ ބަދަލާ ގުޅޭގޮތުން މަޖިލީހުން ޕާޓީތަކާއެކު ކުރަމުންގެންދާ މަޝްވަރާތަކުގައި ކެންޑިޑޭޓަކު ނުނެރެވެސް ގޮނޑި ލިބޭ ގޮތަކަށް ބަދަލުގެނައުމަށް ޑިމޮކްރެޓްސް އިން ހުށަހަޅައިފިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
