މާލެ: 31°C

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އިންތި، ނައިބަކަށް ވައްޑެ އިންތިހާބުކޮށްފި

January 27, 2025
159 ފަހަރު ބަލާފައި
 ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އިންތި، ނައިބަކަށް ވައްޑެ އިންތިހާބުކޮށްފި
ވޯޓަކަށް ނުގޮސް، ޑިމޮކްރެޓްސްގެ ރައީސްކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ލިބިއްޖެ އެވެ. އަދި ނައިބް ރައީސްކަން މުޙައްމަދު ވަހީދުއަށް ވަނީ ލިބިފައެވެ. 

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފު އެ ޕާޓީން ވަކިވެވަޑައިގެން އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގަތުމުންނެވެ. އޭގެ އިތުރަށް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވެސް ވަނީ އެމްޑީޕީއަށް ވަޑައިގެންފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އިސްވެ އުފެއްދި ޕާޓީގެ އެންމެ އިސް ދެ މަގާމު ހުސްވުމުން ހުޅުވާލި ފުރުސަތުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވި އިމްތިޔާޒު އެކަންޏެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ފައިނު ވައްޑެ) އެކަންޏެވެ.

މަގާމުތަކަށް ބޭނުންވާ އަދަދަށް ކުރިމަތިލުމުން، އިތުރު ވޯޓަކަށް ނުގޮސް ޕާޓީގެ ރައީސް ކަމަށް އިމްތިޔާޒު އަދި ނައިބު ރައީސް ކަމަށް ވަހީދު އިންތިހާބުވެފައިވާ ކަން އިއުލާން ކުރެއްވީ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނައިބު ރައީސް ހުސައިން ފިރުޝާނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ