މާލެ: 31°C

ޑިމޮކްރެޓްސްގެ ފޯމުތަކުގެ މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ފަތުރަމުންދާ ވާހަކަ އީސީން ދޮގުކޮށްފި

ޑިމޮކްރެޓްސްގެ ފޯމުތަކުގެ މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ފަތުރަމުންދާ ވާހަކަ އީސީން ދޮގުކޮށްފި
June 7, 2023
2 ފަހަރު ބަލާފައި
ޑިމޮކްރެޓްސްގެ ފޯމުތަކުގެ މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ފަތުރަމުންދާ ވާހަކަ އީސީން ދޮގުކޮށްފި
"ދަ ޑިމޮކްރެޓްސް" ގެ ފޯމުތަކުގެ މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ފަތުރަމުންދާ ވާހަކަ އިލެކްޝަންސް ކޮމިޝަން ( އީސީ) އިން ދޮގުކޮށްފިއެވެ. މި ކަމާ ގުޅިގެން އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދަ ޑިމޮކްރެޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ލީކު ކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަ ތަކެއް ކަމަށެވެ. އީސީން ބުނީ އެފަދަ އެއްވެސް ކަމެއް އެ ކޮމިޝަންގެ ތެރޭގައި ހިނގާފައި ނުވާނޭ ކަމަށާއި، އެ ފަދަ އެއްވެސް އަމަލެއް އެ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ނުވަތަ އެއް ވެސް މުއައްޒަފަކު ހިންގާފައި ނުވާނޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި އެ ކޮމިޝަނާއި، ކޮމިޝަނުގެ މެމްބަރުނާއި މުއައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާއި މަތިކޮށް އެވެސް ވާހަކައެއް ނުފެތުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ. "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް 3500 އަށް ވުރެ ގިނަ ފޯމް ވަނީ އީސީ އަށް ހުށަހަޅައިފައެވެ.

ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ. އެ ޕާޓީން މި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކެންޑިޑޭޓަކު ވެސް ނެރެން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ