މާލެ: 31°C
ޑިމޮކްރެޓިކް ބައެއްކަމަށް ދައްކައިގެން އުޅޭ ބަޔަކަށް ދެފުށްފެންނަ ވެރިކަމެއް ނުކުރެވޭނޭ: ފައްޔާޒް

ޑިމޮކްރެޓިކް ބައެއްކަމަށް ދައްކައިގެން އުޅޭ ބަޔަކަށް ދެފުށްފެންނަ ވެރިކަމެއް ނުކުރެވޭނޭ: ފައްޔާޒް

February 26, 2024
3 ފަހަރު ބަލާފައި
ޑިމޮކްރެޓިކް ބައެއްކަމަށް ދައްކައިގެން އުޅޭ ބަޔަކަށް ދެފުށްފެންނަ ވެރިކަމެއް ނުކުރެވޭނޭ: ފައްޔާޒް
ޑިމޮކްރެޓިކް ބައެއްކަމަށް ދައްކައިގެން އުޅޭ ބަޔަކަށް ދެފުށްފެންނަ އުސޫލަކުން ވެރިކަމެއް ނުކުރެވޭނޭކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް  ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެމްޑީން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ފެށުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ ފުރަތަމަ ޑިމޮކްރެސީގެ އަސާސްތައް  ގަބޫލުކުރާ ބައެއް ނޫންކަމަށާއި، މަޖުބޫރުން ޑިމޮކްރަސީ ގަބޫލުކުރާ ބަޔަކަށް ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ކުރެވޭނެ ވެރިކަމެއް ނޯންނާނޭ ކަމަށެވެ. އަދުގެ ސަރުކާރުގެ ވެރިކަމަށް ތިން މަސްވެގެން ދިޔައިރު ފެނިގެން މިދަނީ އެމްޑީޕީން ކުރިންވެސް ބުނަމުންގެންދިޔަ ވާހަކަތައްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ވެރިކަމަށް އައުމަށް ރައްޔިތުންގެ ކައިރީ ދެއްކިހާ ވާހަކަތައް ސަރުކާރުން މިއަދު އޮޅުވާލާފައިވާކަމަށެވެ. ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ދަރަނީގެ މައްސަލާގައި ކެމްޕެއިން ދުވަސްވަރު އަދުގެ ސަރުކާރުން ދައްކަމުން އައިވާހަކައަކީ ތިމަންނާމެނަށް ދަރަނި މެނޭޖްކުރާނޭގޮތް އެނގޭކަމަށާއި، ނަމަވެސް ވެރިކަމަށް އައުމަށްފަހު މިއަދު އަޑުއިވިގެންދަނީ ކުރިން ދެއްކި ވާހަކަތައް ނޫންކަމަށެވެ. " އޭރު އެބޭފުޅުން ވިދާޅުވި ނޫންތޯ ތިމަންނާމެނަށް އިގްތިސާދު ކުރިއަށްގެންދެވޭނޭ ދަރަނި ދެއްކޭނޭ، ތިމަންނާމެނަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެއޭ. މި ހުރިހާ ވާހަކަތަކެއް ދައްކާފައި އެ ދޮގުތައް ހަދައިގެން އައިސް މިއަދު އެ ނާގާބިލުކަންމަތީގައި މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު މުޅި ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާތަން" ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ކުރިއަށްއޮތީ ބަނަ ދުވަސްތަކެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖެ އަނދަވަޅަކަށް ވައްޓާނުލައި ކުރިއަށްގެންދެވޭނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުވެސް އަނިޔާވެރި ވެރިކަމަކާ ދިމާލަށް ދީލާނުލެވިގެން އުޅެނީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ ބާރު އެމްޑީޕީގެ އަތުގައި އޮތުމުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ