މާލެ: 31°C
ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން: ނައިބު ރައީސް

ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން: ނައިބު ރައީސް

January 28, 2024
3 ފަހަރު ބަލާފައި
ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން: ނައިބު ރައީސް
ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ވަޒީރުންނަށް ރުހުން ދިނުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. އެގޮތުން، އެކަމާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން ކަމަށެވެ. "މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން." އެމަނިކުފާނު ވިދާޅުވިއެވެ. https://twitter.com/HucenSembe/status/1751488028185682350 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ. އެހެންކަމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ބަހުސްގެ ވަގުތު ނިމުމާއި އެކު، މިއަދު މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުން އޮންނާނެ ކަމަށް އިއުލާންކުރައްވައި، ޖަލްސާ މެދުކަނޑާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ