މާލެ: 31°C
'ޑިމެންޝިއާ' އަަށް ކިޔާ ދިވެހި ނަމަކީ 'އަކުސަ' ކަމަށް ރަދީފުގައި ހިމަނައިފި

'ޑިމެންޝިއާ' އަަށް ކިޔާ ދިވެހި ނަމަކީ 'އަކުސަ' ކަމަށް ރަދީފުގައި ހިމަނައިފި

February 15, 2024
4 ފަހަރު ބަލާފައި
'ޑިމެންޝިއާ' އަަށް ކިޔާ ދިވެހި ނަމަކީ 'އަކުސަ' ކަމަށް ރަދީފުގައި ހިމަނައިފި
ދިވެހި ބަހުން ޑިމެންޝިއާ ބައްޔަށް ކިޔާނެ ނަމެއް ރަދީފުގައި ހިމަނައިފި އެވެ.
އަލްޒައިމާސް ސޮސައިޓީ އޮޮޮޕް މޯލްޑިވްސް އިން ބުނީ އެ އެސޯސިއޭޝަންގެ އިސްނެގުމުގެ މަތިން ޑިމެންޝިއާއަށް، ދިވެހި ބަހުގެ އެކަޑަމީ އިން ބަހެއް އުފައްދާ މިއަދު އެބަސް ރަދީފުގައި ހިމަނާފައިވާ ކަމަށެވެ.
ދިވެހި ބަހުން ޑިމެންޝިއާއަށް ކިޔަން ނިންމި ނަމަކީ " އަކުސަ " އެވެ. ރަދީފުގައި އެބަހުގެ މާނާގައި ވަނީ، އާންމު ދިރިއުޅުމުގައި ދަތިވާ މިންވަރަށް ވިސްނުމާއި ހަނދާންކުރުމާއި ކަންކަން ނިންމުމުގެ ބާރު ބަލިކަށިވުމުގެ ހާލަތު ކަމަށާއި މި ހާލަތު މެދުވެރިވަނީ މީހާގެ އިހުސާސްތަކަށާއި އަމަލުތަކަށް ނޭދެވޭ އަސަރު ކުރާ މިންވަރަށް ސިކުނޑިއަށް ހީނަރުކަން އައިސްގެން ކަމަށެވެ.
"މިއަދަކީ ތާރީޚީ ދުވަހެއް. ސަބަބަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމެންޝިއާއަށް ދިވެހިބަހުން ކިޔާނޭ ލަފުޒެއް މި ޖަމްއިއްޔާގެ އިސްނެގުމާއި އެކު ޑިވެހިބަހުގެ އެކަޑެމީއިން އުފައްދާ އަދި ރަސްމީ ރަދީފުގައި ހިމެނި ދުވަސް" އެ އެސޯސިއޭޝަން ިއން ކުރި ޕޯސްޓެއްގައި ބުންޏެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މިއާ ގުޅޭ އިތުރު 7 ދިވެހި ލަފްޒެއް ރަދީފުގައި ހިމަނާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
"މި ފުރުސަތުގައި ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީގެ މެމްބަރުންނަށާއި އަދި ބަސްތައް އުފެއްދުމުގައި މި ޖަމިއްޔާއިން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މި ޖަމްއިއްޔާއިންދިން ދައުވަތު ގަބޫލު ކުރައްވާ، މިއަދުގެ މަޝްވަރާ ބައްދަލު ވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް ޓަކައި ޑރ. ރުޚުސާނާ އަހުމަދު، ޑރ. އަޒީޒް ޔޫސުފް އަދި އޭޖްޑް ކެއަރގެ ފަރާތުން ރަޒީނާ ދީދީ، އަށް ވަރަށް ހާއްސަ ޝުކުރު ދަންނަވަން." އެ ޖަމިއްޔާއިން ބުންޏެވެ.
އަލްޒައިމާސް ސޮސައިޓީ އަކީ ހަނދާންނެތޭ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން ބުނެފައި ވާ ގޮތުގައި އަލްޒައިމާސް އަކީ ޑިމެންޝިއާގެ އެންމެ އާންމު ވައްތަރެވެ. ޑިމެންޝިއާ އަކީ ވިސްނުމަށާއި، ހަނދާންކުރުމުށާއި އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުމަށް ކިޔާ ނަމެކެވެ.
އެ ބަލީގެ ދިހަ އަލާމާތް:
  • އާންމުކޮށް ކުރާ ކަންކަމަށް ނޭދެވޭ އަސަރުކުރުން
  • ކަންކަން ރޭވުމަށާއި މައްސަލަ ހައްލުކުރުމަށް ދަތިވުން
  • ކުރިން ފަރިތަކަމާއި އެކު ކުރި ބައެއް ކަންކަން ކުރަން ދަތިވުން
  • ވަގުތާއި ތަންތަން އޮޅުން އެރުން
  • ފެންނަ މަންޒަރު ސިފަކުރުމާއި ދުރުގާތް ވަޒަންކުރަން އުނދަގޫވުން
  • ވާހަކަދެއްކުމުގައި ދަތިތަކެއް ކުރިމަތިވުން
  • ގެންގުޅޭ އެއްޗެހި ބެހެއްޓޭތަން ހަނދާން ނެތުން
  • ރަނގަޅު ނޫން ނިންމުންތައް ނިންމުން
  • ކުރާ މަސައްކަތާއި ނުވަތަ އެކީ އުޅުނު މީހުންނާއި ދުރުހެލިވުން
  • މިޒާޖު ތަފާތުވެ އުޅުމަށް ބަދަލުއައުން

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ