މާލެ: 31°C

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

March 23, 2025
137 ފަހަރު ބަލާފައި
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ސީއީއޯ އިސްތިއުފާ ދެއްވައިފި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވައިފި އެވެ.

ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކި ކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަަމަށްވާ ނޮއޮލް އެ މަގާމަށް ނޮއެލް އައްޔަންކުރީ އޮގަސްޓު 2024 ގެ ތެރޭގަ އެވެ. އޭނާ އަކީ ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާރސް ހައްދަވާފައިވާ ފަރާތެކެވެ.

ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ރަސްމީކޮށް ހުޅުވާފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ