މާލެ: 31°C
ސައިކަލުތަކުގައި ހުޅުޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ސައިކަލުތަކުގައި ހުޅުޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

June 6, 2024
2 ފަހަރު ބަލާފައި
ސައިކަލުތަކުގައި ހުޅުޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި
ސައިކަލުތަކެއްގަައި ހުޅުޖެހި މައްސަލައިގައި މީހަކު ހައްޔރުކޮށް ބަންދު ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 36 އަހަރު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް މިއަދު އަމަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގެ މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކަައިރީ ހުންނަ ޕާކިންގ ޒޯންގައި ހުރި ސައިކަލުތަކެއްގަައި އަލިފާން ރޯކޮށްލީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ރޯކޮށްލި ސައިކަލުތައް ހުރި ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސައުދީ އަރަބިއްޔާގެ އެމްބަސީ ހުރެއެވެ. އޭގެ އިތުރުން ހޮޓެލް ޖެންގައި ވެސް އެމްބަސީއެއް ހިންގައެވެ. އަދި އެ ސަރަހައްދުގައި ވަރަށް ގިނަ ކެމެރާތައް ވެސް ހަރުކޮށްފައި ހުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ