މާލެ: 31°C
ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

February 4, 2024
3 ފަހަރު ބަލާފައި
ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ
ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. ސޯޝަލް މީޑިއާއަށް ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ  އެ މީހާ އަކީ މ. މާޔާ ގޭގެ ކުރިމަތީގައި ޕާކްކޮޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ. [embed]https://youtu.be/qEWLgbPs1CA[/embed] އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައެވެ. އަދި ފުލުހުން ވަނީ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ