މާލެ: 31°C

ސައިކަލެއްގައި ދަމުން އަންހެނެއްގެ ވޮލެޓެއް ފޭރުނު މީހަކު ހައްޔަރު ކޮށްފި

ސައިކަލެއްގައި ދަމުން އަންހެނެއްގެ ވޮލެޓެއް ފޭރުނު މީހަކު ހައްޔަރު ކޮށްފި
September 13, 2024
2 ފަހަރު ބަލާފައި
ސައިކަލެއްގައި ދަމުން އަންހެނެއްގެ ވޮލެޓެއް ފޭރުނު މީހަކު ހައްޔަރު ކޮށްފި
ސައިކަލެއްގައި ދަމުން އަންހެނެއްގެ ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ، މި މަހުގެ 11 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އުމުރުން 39 އަހަރުގެ އިސްމާއީލް ސާއިފް އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށާއި،  އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ ފޭރުނު ވޮލެޓާއި ފޯނު ފުލުހުންވަނީ ހޯދާފައި ކަމަށާއި، އިސްމާއީލް ސާއިފް ދުއްވި ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ