މާލެ: 31°C
ސައިކަލެއް ވަގަށް ނެގި މީހަކު 2 އަހަރަށް ޖަލަށްލައިފި

ސައިކަލެއް ވަގަށް ނެގި މީހަކު 2 އަހަރަށް ޖަލަށްލައިފި

July 11, 2024
2 ފަހަރު ބަލާފައި
ސައިކަލެއް ވަގަށް ނެގި މީހަކު 2 އަހަރަށް ޖަލަށްލައިފި
ސައިކަލެއް ވަގަށް ނެގި މީހަކަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި މައްސަލައިގައި ރ. ކަނދޮޅުދޫ އަހުމަދު އިރުޝާންގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގައި ބުނެފައިވަނީ، މި އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުގެ ވަގުތެއްގައި އޯކިޑްމަގު އާރުޑީސީ ކައިރީގައި ޕާކުކޮށްފައި ހުރި އެހެން މީހެއްގެ ސައިކަލު ނަގައިގެން ދުއްވާފައިވާ ކަމަށެވެ. މި ދައުވާއަށް އިރުޝާން ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވާ، އޭގެތެރެއިން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކޮށް ތަންފީޒުކުރަންޖެހޭ އަދަބަކީ 1 އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅާފައެވެ. މި މައްސަލައިގެ އިތުރުން ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލް ޑރ. ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގިކަމުގެ ކުށް ސާބިތުވުމުންވެސް އިރުޝާންގެ މައްޗަށްވަނީ 10 މަހާއި 8 ދުވަހަށް ޖަލަށްލުމުގެ ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން އިރުޝާންގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ