މާލެ: 31°C

ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ހައްޔަރު ކޮށްފި

ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ހައްޔަރު ކޮށްފި
September 10, 2024
2 ފަހަރު ބަލާފައި
ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ހައްޔަރު ކޮށްފި
ސައިކަލަކަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އޭނާ ހައަޔަރު ކޮށްފައިވަނީ، މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު އއ. އުކުޅަސް ބަނދަރު ސަރަހައްދުން ސައިކަލެއްގައި 4 މީހުން އަރުވައިގެން ބާރު ސްޕިޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، އއ. އުކުޅަސް / ޑޭޒީމާގެ، އުމުރުން 29 އަހަރުގެ އަހްމަދު ނަސީމު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ”މިނިވަން “ އަށް މައުލޫމާތުދެމުން ވިދާޅުވީ، އެ ސައިކަލު ހުއްޓުވުމަށް ފުލުހުން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ ސަރަހައްދުގެ އާންމު މަސްލަހަތު ނަގާލާފައިވާ ކަމަށާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަކަމަށެވެ.
އެހެން ކަމުން މިމަހުގެ 9 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނަސީމް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް 10 ދުވަސް ޖެހުމަށް ކޯޓުން އަމުރުކޮށްފަިއވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލާ ތަހުގީގުކުރަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ