މާލެ: 31°C

ހުޅުމާލޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

March 4, 2025
168 ފަހަރު ބަލާފައި
ހުޅުމާލޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގޭ ފޭސް ދޭއްގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލޭގޭ ފޭސް ދޭއްގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުުލުހުން މިރޭ ބުނި ގޮތުގައި ދެ ސައިކަލެއް ޖެހި އެ އެކްސިޑެންޓް ހިނގީ ނިރޮޅު މަގު މުނި ހޯމް ކެއާ މިސްކިތް ކައިރިންނެވެ.

އެކްސިޑެންޓްގައި އަނިޔާވީ ދެ ސައިކަލު ދުއްވި ދެ މީހުންނަށެވެ. އެ މީހުންގެ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެ ހަދިސާގެ އިތުރު ތަފްސީލު ފުލުހުން އަދި ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ވެސް ދެ މީހަކު ބިން މައްޗަށް ވެއްޓިފައި ތިބި މަންޒަރު ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ