މާލެ: 31°C
ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދީފި

ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދީފި

February 8, 2024
4 ފަހަރު ބަލާފައި
ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދީފި
މާލޭގެ ހެންވޭރުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދީފިއެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ޓެކްނިކަލް މައްސަލައެއް ޖެހި ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. އެގޮތުން، ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ފީޑަރެއް އޮފްވުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. https://twitter.com/STELCOMALDIVES/status/1755477458214896103 "މިވަގުތު އެނަޖައިޒް ނުކުރެވި ވަނީ ރައީސް އޮފީހުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު އެކަނި. އެ ޓްރާންސްފޯމަރުގެ ސްވިޗްގިއާއަށް މައްސަލައެއް ދިމާވެފައިވާތީ، އެ ސްވިޗްގިއާ ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." އެ ކުންފުނިން ބުނެފައިވެއެވެ. ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ނުލިބިވާ އެއްވެސް ކަސްޓަމަރެއް ވާނަމަ، ސްޓެލްކޯގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ