މާލެ: 31°C

ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފި

ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފި
April 22, 2023
2 ފަހަރު ބަލާފައި
ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފި
މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އިން އިލްތިމާސް ކޮށްފިއެވެ. ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހާއްސަކޮށް ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށާއި، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައް އަރާފާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2 ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވާން ޖެހޭނެކަމަށެވެ.
މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަހަށްވާ އިރު، މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރި މިންވަރަކީ :

ހަނިމާދޫ - 40.4 ޑިގްރީ ސެލްސިއަސް
ހުޅުލެ - 39.3 ޑިގްރީ ސެލްސިއަސް
ކައްދޫ - 40.4 ޑިގްރީ ސެލްސިއަސް
ކާޑެއްދޫ - 39.6 ޑިގްރީ ސެލްސިއަސް
ގަން - 39.8 ޑިގްރީ ސެލްސިއަސް އެވެ. 
ހޫނުގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ