މާލެ: 31°C

ކަރަންޓުގެ އަގު އެއްހަމަ ކުރަން ހަތް މަސްދުވަހުގެ މުހުލަތެއް ދެނީ

November 26, 2022
2 ފަހަރު ބަލާފައި
ކަރަންޓުގެ އަގު އެއްހަމަ ކުރަން ހަތް މަސްދުވަހުގެ މުހުލަތެއް ދެނީ
ކަރަންޓުގެ އަގު އެއްހަމަ ކުރަން ހަތް މަސްދުވަހުގެ މުހުލަތެއް ދެނީ
މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓްގެ ހިދުމަތަށް ނަގާ އަގު ތަފާތުކޮށް އޮތް އޮތުން ނިމުމަކަށް ގެނެސް، ކަރަންޓްގެ އެއް ހަަމަކުރުމުގެ ކަންތައްތައް އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމަން އެ ހިދުމަތް ދޭ ކުންފުނިތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ. މާލެއާއި މަދު އެހެން ބައެއް ރަށްރަށުގައި ކަރަންޓް ދެނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ސްޓެލްކޯއިންނެވެ. އެހެން ހުރިހާ ރަށެއްގައި ކަރަންޓްގެ ހިދުމަތް ދެނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަނުންނެވެ. ކަރަންޓްގެ އަގު އެއްހަމަކުރަން، އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް، (ހަތް މަސްދުވަހުގެ މުހުލަތެއް) ދޭން ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިންނެވެ. ކަރަންޓްގެ އަގު އެއްހަމަ ކުރަން ހަތް މަސްދުވަހުގެ މުހުލަތެއް ދޭން އެކޮމިޓީން ނިންމީ މާލެެއާއި އެެހެން ރަށްރަށުގައި ކަރަންޓަށް ދޭ އިރު ބޭންޑާއި ރޭޓް ކަނޑައެޅުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލަން ގޮވާލައިި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ޝިޔާން ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު ގަ އެވެ. އެ ގަރާރު ދިރާސާކޮށްް އެސްއޯއީ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވާ ގޮތުން އެ މައްސަލާގައި އެ ކޮމިޓީގެ އޮތީ ތިން ނިންމުމެކެވެ. ފުރަތަަމަ ނިންމުމަކީ ކަރަންޓަށް އަގު ކަނޑައެޅުމުގައި މާލެއާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުން ކަރަންޓަށް އަގު ނެގުމުގައި އޮތް ތަފާތުކުރުންތައް ނައްތައިލުމަށް ޓަކައި ފުރިހަމަ ޓެރިފް ރިވިއުއެއް ހަދައި ޓެރިފް އެއް ހަމަކުރަން ހަތް މަސްދުވަހުގެ މުހުލަތެއް ދިނުމެވެ. ދެވަނަ ނިންމުމަކީ ކަރަންޓަށް ހިނގާ ހަރަދުކުޑަކުރުމަށް ޓަކައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށާއި އަގު ހެޔޮކުރަން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް ކުރަން ދެންނެވުމެވެ. ތިން ވަނަ ނިންމުމަކީ ފެނާއި ނަރުދަމާއަށް ނަގާ އަގު ވެސް އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމަން (ހަތް މަސްދުވަހުގެ މުހުލަތެއް) ދިނުމެވެ. އެެސްއޯއީ ކޮމިޓީން މިހެން ނިންމި ނަމަވެސް އެ ނިންމުމަށް ބާރު ލިބޭނީ އެކޮމިޓީގެ ރިޕޯޓް ރައްުޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ބަހުސްކޮށް، މަޖިލީހުން އެ ރިޕޯޓް ފާސްކުރުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ