މާލެ: 31°C
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕީޖީގެ ކަންބޮޑުވުން

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕީޖީގެ ކަންބޮޑުވުން

January 4, 2024
3 ފަހަރު ބަލާފައި
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕީޖީގެ ކަންބޮޑުވުން

ކްރިމިނަލް ކޯޓުގެ އިމާރާތަށް ގެއްލުންވެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުން ފާޅުކުރައްވައިފި އެވެ.

ޕީޖީއިއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ ޢިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ އެކަމާ ކަންބޮޑުވާކަމަށެވެ.

އަދި އެމައްސަލަ ހައްލުކޮށް، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖެއްސުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަމަށް ވެސް ޕީޖީ އިން ބުންޏެވެ.

" އެޒިންމާ އަދާކޮށްދެއްވައި، ކޯޓުގެ ވަޞީލަތްތައް ރަނގަޅު ކޮށްދެއްވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިލްތިމާސެކެވެ." ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތްތައް ހިންގަނީ ޢާންމު ގޮތެއްގައި ހަފްތާއަކު އެއްދުވަހު ކަމަށްވާތީ އެ ދުވަސް ފިޔަވައި، އެހެން ދުވަސްދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިހުރުމުން، އެމައްސަލަތައް އަވަހަށް ހިންގުމަކީވެސް ޕީޖީގެ އެދުމެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ