ކްރިމިނަލް ކޯޓުގެ އެއް އިމާރާތް ބާވެ ބޭނުން ކުރުން ހުއްޓާލައިފި

ކްރިމިނަލް ކޯޓުގެ އެއް އިމާރާތް ބާވެ ބޭނުން ކުރުން ހުއްޓާލައިފި
ލިޔުން:
ކްރިމިނަލް ކޯޓުގެ އެއް އިމާރާތް މާ ބޮޑަށް ބާވެގެން ބޭނުން ކުރުން ހުއްޓާލައިފިއެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކޯޓު ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް މާބޮޑަށް ބާވެ ހަލާކުވެފައި ވާތީ އެއިމާރާތް މިއަދުން ދެށިގެން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ އެ އިމާރާތް ބޭނުންކުރުން ހުއްޓައިލަން ނިންމީ އިއްޔެ ހެދި އިންސްޕެކްޝަނަށް ފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއްނޫން ކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުން ކުރުން ހުއްޓައިލިޔަސް ކޯޓުގެ މަސައްކަތްތަކައް ބުރުލެއް ނާރާނެ ކަމަށް އެކޯޓުން ބުންޏެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އެކްސްޓެންޝަން އިމާރާތައް ބަދަލު ކުރެވެން ހުރި މަސައްކަތްތައް ބަދަލުކޮށް، އަދި ޝަރީއަތްތަކާއި އަދި ކޯޓުގެ މަސައްކަތްތައް އޮންލައިން ކޮށް "ވޯކް ފްރޮމް ހޯމް" އަށް ބަދަލުކޮށް ހިދުމަތް ދޭނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ..
ކްރިމިނަލް ކޯޓުން ބޭނުން ކުރަމުން އައު ހަތަރު ބުރީގެ އިމާރާތަކީ ކުރީގެ ވެލްފެއާ ހުރި އިމާރާތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
