
ކެރޭނު ދަނޑި ވެއްޓުނު ހާދިސާއިން ބްރިޖްގެ މަސައްކަތަށް ބަދަލެއް ނާންނާނެ: ޕްލޭނިން މިނިސްޓްރީ
ކެރޭނު ދަނޑި ވެއްޓުނު ހާދިސާއިން ބްރިޖްގެ މަސައްކަތަށް ބަދަލެއް ނާންނާނެ: ޕްލޭނިން މިނިސްޓްރީ
ލިޔުން:
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައި ގެންގުޅުނު ކެރޭނެއްގެ ދަނޑި ވެއްޓުނު ހާދިސާގެ ސަބަބުން އެ މަސައްކަތުގެ ޝެޑިއުލް އަށް ބަދަލެއް ނާންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވިލިމާލޭގެ ކައިރީގައި މަސައްކަތް ކުރަމުން ދިޔަ ޖެކްއަޕް ޕްލެޓްފޯމެއްގައި ހުރި ކެރޭނެއްގެ ބޫމް ފޭލްވީ ޕައިލިން އަށް ބޭނުންވާ އެއްޗިހިތަކެއް އުފުލަނިކޮށް ކަމަށާއި މިހާރު އެ ބޫމް ނަގާފައިވާ ކަމަށެވެ. އެހާދިސާގައި މީހަކަށް އަދި ކެރޭނު ފިޔަވައި އެހެން އިކްއިޕްމެންޓަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"އަދި ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނެގިފައެވެ. އަދި މިކަމާއި ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ،" ޕްލޭނިން މިނިސްޓްރީގެ ޓްވީޓްގައި ބުންޏެވެ.
އެހާދިސާއާ ގުޅޭ ގޮތުން އެކަމުގެ އަސްލު އޮޅޭ ގޮތަށް ހަބަރުފަތުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
